ނުބައި ނަންބަރު


ވަގަކު އޮފީހަކުން ވައްކަންކުރުމަށް ތައްޔާރުވެ، އެ އޮފީހުގައި މީހަކު އުޅޭތޯ ބެލުމަށްޓަކައި އެ އޮފީހަށް ފޯނުކޮށްފައި ބުންޏެވެ.

"ތިޔަ އޮފީހުގައި އައްމަޑޭ އެބައުޅޭ ހެއްޔެވެ؟"

އޮފީހުން ފޯނު ނެގި މުވައްޒަފު ބުންޏެވެ.

"މިއޮފީހުގައި ދުވަހަކުވެސް އައްމަޑޭ އެވެ، ކިޔާ މީހަކު ނޫޅެއެވެ. ތިބޭފުޅާ އަށް ތިޔަ ގުޅުއްވުނީ ނުބައި ނަންބަރަކަށެވެ."

ވަގުކަލޭގެ ބުންޏެވެ.

"ނުބައި ނަންބަރެއް ނަމަ، މި ނަންބަރަށް ގުޅީމާ ފޯނު ނަގާނެ ހެއްޔެވެ؟"