ޙާފިޡުގެ 134 ވަނަ ޣަޒަލު



1.
ޙާނަތު ދޮރުގައި އުޑުގެ މަލާއިކަތުން މެންދަމު ޓަކިޖެހިތަން ދެކެފިން!!!
ބިމުގެ ތަފާތު ވެލިން މޮޑެވުނު ފުށްގަނޑު ބައްޓަންވީތަން ވެސް ދެކެފިން!!!

2.
ބަޝަރުންގެ ބަފާ ހެއްދެވުމަށްފަހު، އައިހައި މީހުން ޙަރަމު ތެރޭގައި،
ތުންފަތްތަކުގައި ބޮސްދީ، އަދި ތަށި ހުސްކުރަމުން ދިޔަ ގޮތް ވެސް ދެކެފިން!!!

3.
އަސްތާ! ފަހަތަށް ޖެހިފައި މިހުރީ ވާޖިބުވި އަމާނާތް އުފުލުމުގައި،
ޤުރުޢަތަކުން އެކަމަށް ހޮވުނަސް، ހަމަ މީ ބޮޑު މޮޔައެއް ކަމުގައި ބުނެފިން!!!

4.
މަޛުހަބުތަކުގެ ޚިލާފާ ހެދި ދަންޖެހި އެދަނީ ތެދުމަގު ނޭނގޭތީ،
އެގޮތަށް ދާ އެންމެން އެވަނީ ހަމަ މަގުފުރެދުމުގައި ކަން ބުނެދީފިން!!!

5.
ﷲ އަށް ޙަމްދާ ޝުކުރު ކުރަން، އެފަރާތާއެކު ޞުލްޙަވެވޭތީ،
ޞުލްޙަވެރިންނާއެކު، އެފަރާތަށް ޝުކުރުގެ ތަށިތައް އުފުލާލައިފިން!!!

6.
އުއްބައްތިތަކެއް ހެއްވާ އަލިފާނުގެ ހުޅުގަނޑަކީ އަލިފާނެއް ނޫން!!!
އަލިފާނަށްވާ އަލިފާނުން ދޫނި އަނދައި އަޅިޔަށްވާތަން ދެކެފިން!!!

7.
ވާހަކަތަކުގައި ޤަލަމު ތުނޑުން އެޅުވި ފުނާތައް ކުރި ރީއްޗަށްފަހުގައި،
ގެންނަން ނޭނގުނު ޗާލޫކަން ޙާފިޡު ގެނުވައިދޭތަން ވެސް ދެކެފިން!!!