ޙާފިޡުގެ 167 ވަނަ ޣަޒަލު



1.
ލައްވާށިއޭ ތިޔަ ރީތިކަން، އިރަކަށް ދެކޭހައި ލޯތަކަށް،
ދެއްވާށިއޭ! އިތުރަށް އިރަށް ފުރިހަމަކަމެއް ވާ ދާއިމަށް.

2.
ތިޔަ ވިހުރުވާލާ ދޯދި ވޭ، ހިތް ފަތަޙަކޮށްލާ ބާޒަކަށް،
ފިޔަ، ބާޒުގައި ލައްވާށިއޭ! މަލިކުން ހިތަށް ހިޔަލެއް ކަމަށް!

3.
ދޯދިން ލިބޭ އަލިކަން ތެރޭ ޖެހިފައި އަސީރު ނުވާ ކަތުން،
ރޯދިން ދުރަށް ލައްވާށިއޭ! އެކަމާ ކަތުން ވިސްނާލުމަށް!

4.
ތިޔަ މޫނު ފެނިފައި ޢިޝްޤުގައި ނުޖެހެން އުޅޭހައި ހިތްތަކަށް،
ހިޔަ ހާސްފަށުން ކުރަމޭ ދުޢާ ޒަޚަމުގެ ތެރޭގައި ލެއްވުމަށް!

5.
އަޅުކަން ވެވޭ ފަދަ ލޯބިވާ، ދެ ލޮލުން އުކާތީ ތީރުތައް،
ފަޅުވިޔަ ނުދޭން ހިތް އެލުވަމޭ، ދުނިތައް ހެރޭނެ އަމާޒަކަށް!

6.
ތުނި ރީތި ނަލަ ރަތް ތުންފަތުން، ބޮސްތައް ހިތަށް ލިބިދާކަމުން،
އުނިކަން ފިލައި ރޫޙާ ނަފުސު، ޣަރަޤެއްވެޔޭ މަސްތުގެ ތެރަށް!

7.
މަޢުޝޫޤު ދެކެ ވާ ލޯބި ވޭ، އާ ވުން މަތީ ދާއިމްވެގެން،
އާ ވުން މަތީ ވާ ރީތިކަން، އެދެމޭ ތިބާއަށް ދެއްވުމަށް!

8.
ޝައުޤުން ވަމޭ ބުނެ ޙާފިޡޭ، ގަންދީ ފުރާނަ ހުވާކުރީ،
ޝައުޤުން ވިރޭއިރު ނޫރު ތިޔަ، ބެލުމެއް ނުވޭހޭ؟ ޢާޝިޤަށް!