ދޮނެރެކެދިޔެ އާއި މުޙައްމަދު އަމީން


އަލްމަރްޙޫމާ ދޮނެރެކެދިޔެ އަކީ، ގއ. ދާންދޫ ޤަދަރުވެރި ބޭކަނބަލެކެވެ. ރައީސް މުޙައްމަދު އަމީނާ އޭނާ ބައްދަލުވީ ފަތިހަކަށް ދުނިޔެ ނޭވާލަމުންދިޔަ އަސަރުގަދަ ރެއެއްގައެވެ! އެކަން ހިނގާފައިވަނީ، ރައީސް މުޙައްމަދު އަމީން، ހުވަދުއަތޮޅަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ތެރޭގައެވެ.

އިލާހީ ޙިމާޔަތް ލިބުނު އަންހެންކުއްޖެއް


އެއްދުވަހަކު މުސްލިމު ޒުވާން އަންހެންކުއްޖަކު އޭނާގެ ރަޙުމަތްތެރިއެއްގެ ގެއަށް ދިޔައެވެ. އެގޭގައި އޭނާ އެކިއެކި ކަންކަމުގައި މަޝްޣޫލުވެގެން އުޅެނިކޮށް، ރޭގަނޑު މެންދަންވިއެވެ. އެ ގެ ހުންނަނީ، އޭނާގެ ގެޔާ ވަރަށް ދުރުގައެވެ.

ޙާފިޡުގެ 125 ވަނަ ޣަޒަލު


1.
ތިޔަ ރީތި ދެތުންފަތުގައި މިހިތުން ބޮސްދީ ހެދިދާނީ ކޮންއިރަކުން؟
"ތިޔަހިތް ބުނި ކޮންމެ ކަމެއް ކުރުމަށް މި ދެ ތުންފަތް މިވަނީ ތައްޔާރަށް!"
2.
ފުދިދާނޭބާ ބޮހަކަށް އަގަކަށް މިޞްރުގެ ވާރު އެކީގައި ދިނުމުން؟
"ވިޔަކޮށްލީމާ ނުވެދާނޭބާ ތިޔައީ ވެސް މާ މަދު މިންވަރަކަށް!"
3.
އެއްވެސް ކަތަކަށް އެރިފައިވޭހޭ؟ ތުންފަތު ހިޔަލަށް ހިންމަތަކުން،
"ތިޔައީވާ އަދި ނޭގޭ އަރަތެއް އޭގެ ޖަވާބެއް ފާލާ ރަމަލަށް!"