ކުޑަ މީހާ އާއި ބޮޑު މީހާ


އެއްދުވަހަކު ކުޑަ މީހަކު، އޭނާގެ ރަޙުމަތްތެރި ބޮޑު މީހެއްގެ ގާތުގައި ޝަކުވާތަކެއް ކުރިއެވެ.

މީހުން ތިމަންނައަށް އިހާނެތިކޮށްހިތައެވެ.
މީހުން ތިމަންއަށް މަލާމާތްކުރެއެވެ.
މީހުން ތިމަންނައަށް ޖެއްސުންކުރެއެވެ.
މީހުން ތިމަންނައަށް އަނިޔާކުރެއެވެ.
މީހުންގެ އުނދަގޫ ބޮޑުކަމުން ތިމަންނާ އުޅެންޖެހިފައި މިވަނީ، އެކަހެރިކަންމަތީގައެވެ.

ބޮޑު މީހާ ބުންޏެވެ.

ތިޔަ ކަންތައްތަކަކީ، ތިބާއަށް އެކަނި ކުރިމަތިވާ ކަންތައްތަކެއް ނޫނެވެ.
ތިބާއަށް އަނިޔާވެރިވާ މީހުން އެހެން މީހުންނަށް ވެސް އަނިޔާވެރިވެއެވެ.
އަދި ތިމަންނާއަށް ވެސް އެމީހުން އަނިޔާވެރިވެއެވެ.
ތަފާތަކީ، ތިބާގެ ކުރިމަތީގައި އެމީހުން ތިބާއަށް ދުއްތުރާކުރާ ކަމާއި، ތިމަންނާ ނެތްތާނގައި އެމީހުން ތިމަންނާއަށް ދުއްތުރާކުރާ ކަމެވެ.