އިސްތިސްނާ ހާލަތު


ދަރިވަރެއްގެ ބެލެނިވެރިން ސްކޫލަކަށް ހާޒިރުކުރެވުނެވެ. އެ ދަރިވަރާބެހޭ ގޮތުން ބައެއް މަޢުލޫމާތު އޮޅުންފިލުވުމަށްޓަކައެވެ.

ދަރިވަރުގެ ބައްޕަ ކުރެން ސްކޫލްގެ ވެރިއަކު އެއްސެވިއެވެ.

"ތިބާގެ ދަރިފުޅު ގޭގައި އުޅެނީ ކިހިނަކުން ހެއްޔެވެ؟"

ބައްޕަ ބުނުއްވިއެވެ.

"އަޅުގަނޑުމެންގެ ދަރިފުޅަކީ، ވަރަށް ރަނގަޅު ކުއްޖެކެވެ. މީހަކު ބުނާހާ ކަމެއް ނުކުރާނެއެވެ. ކުޑަކޮށް ލަދުރަކި ގޮތެއް ވެސް ހުންނާނެއެވެ. މާބޮޑަށް ބާރުގެ ބޭނުންކުރާކަށެއް ވެސް ނޫޅޭނެއެވެ. އަޅުގަނޑުމެން ވެސް އޭނާއާ ދެކޮޅަށް ބާރުގެ ބޭނުމެއް ނުކުރަމުއެވެ. ބައެއް ފަހަރު އޭނާ ލަޓިބުރި މަޅައިގެން އަންނައިރު، ދެއަތް ފުރަގަހަށްލައި ބަންނަން ޖެހުމަކީ އިސްތިސްނާ ޙާލަތެކެވެ."