ދިވެހިރާއްޖެ ފަތަޙަކުރެއްވީ ކޮން ބޭކަލެއް؟


އެއްދުވަހަކު، ދަރިވަރަކު ގެއަށް ގޮސް އޭނާގެ ދައްތަ ގާތުގައި ބުންޏެވެ.

"ދައްތާއެވެ! އިންޑިއާ ފަތަޙަކުރެއްވީ ކޮން ބޭކަލެއް ހެއްޔެވެ؟ އެއީ ކޮން ބޭކަލެއްކަން ނޭނގުނީތީ، މިއަދު ތާރީޚު ޓީޗަރ ތިމަންނާ އަށް އަދަބުދެއްވައިފިއެވެ."

ދައްތަ ބުންޏެވެ.

"އިންޑިއާ ފަތަޙަކުރެއްވީ ކޮން ބޭކަލެއް ކަން ސަރ އަކަށް ވެސް އެނގިއެއް ނުލައްވާނެއެވެ! ތިމަންމެންނަށް ވެސް ސްކޫލްގައި ތާރީޚު ކިޔަވާދެއްވީ އޭނާއެވެ. އިންޑިއާ ފަތަޙަކުރެއްވީ ތިމަންނާގެ ކާފައޭ ނަންގަތްނަމަވެސް އޭނާ ގަބޫލުކުރައްވާނެއެވެ!"

ޖެހިގެން އައި ދުވަހު، ދަރިވަރު ކްލާހުގައި އިންދާ ތާރީޚު ކިޔަވާދެއްވާ ޓީޗަރު އޭނާއާ ސުވާލުކުރެއްވިއެވެ.

"ދިވެހިރާއްޖެ ފަތަޙަކުރެއްވީ ކޮން ބޭކަލެއް ހެއްޔެވެ؟"

ދަރިވަރުގެ ހިތަށް އެރިއެވެ. "މިއީ ކިހާ ފަސޭހަ ސުވާލެއް ހެއްޔެވެ؟ މިސުވާލަށް މިއަދު ރަނގަޅު ޖަވާބުދޭނަމެވެ." މިހެން ހިތައި އޭނާ ޖަވާބުދޭން އުޅުނުއިރު ހިތް އަވަސްވެ، ދޫ އޮޅިގެން އޭނާއަށް ބުނެވުނީ ބުނަން އުޅުނު ނަމެއް ނޫނެވެ.

"އެއީ ތަކަންދޫ ކުޑަތަކުރުފާނެވެ!"

ދަރިވަރު މިހެން ބުނުމުން ޓީޗަރ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އެދުވަހު އެޓީޗަރ އެދަރިވަރަށް އެންމެ މަތީ ދަރަޖަ ދެއްވިއެވެ!!!