އެއްވެސް އެއްޗެއް އެނގިނުލައްވާ ޓީޗަރ


އެއްދުވަހަކު ކުއްޖަކު ސްކޫލުން ގެއަށް ގޮސް، އޭނާގެ މަންމަގެ ގާތުގައި ބުންޏެވެ.

"މިހާރު ތިމަންމެންނަށް ސައިންސް ކިޔަވާދެއްވަން ދުރުވާ ޓީޗަރަށް އެއްވެސް އެއްޗެއް އެނގިއެއްނުލައްވައެވެ."

ނުހަނު ޙައިރާންކަމާއެކު މަންމަ އެއްސެވެ.

"ދަރިފުޅާއެވެ! އެއްވެސް އެއްޗެއް އެނގިނުލައްވާ ޓީޗަރަކު، ގްރޭޑް ދިހަޔަކަށް ކިޔަވާދެއްވާކަށް ސްކޫލުން ނުފޮނުވާނެއެވެ."

ދަރިފުޅު ބުންޏެވެ.

"މަންމާއެވެ! ސަރ އަށް ހަމަ އެކައްޗެއް ވެސް އެނގިއެއްނުލައްވައެވެ!"

މަންމަ އެއްސެވެ.

"ދަރިފުޅަށް ތިކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟"

ދަރިފުޅު ބުންޏެވެ.

"އެއީ، ސަރ، ފިލާވަޅު ޝަރަޙަކޮށްދެއްވާއިރު، އަޅުގަނޑުމެންނާ އެކިއެކި ސުވާލުތައް ކުރިމަތިކުރައްވާތީއެވެ!!!"