ކަންފަތުގެ ބޭނުން


ބަސްނާހާ ކުދިންތަކެއް އުޅޭ ކްލާހަކަށް ކިޔަވައިދޭން ދަތިވެފައިވާ ޓީޗަރަކު، ދަރިވަރުންގެ ކުރިމައްޗަށް ސުވާލެއް ހުށަހެޅުއްވިއެވެ.

"ކަންފަތުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"

ހުރިހާ ކުދިން އެއްއަޑުން ޖަވާބުދެމުން ބުންޏެވެ.

"ކަންފަތުގެ ބޭނުމަކީ، ސަރ ފަދަ ބޭފުޅުންގެ އައިނުކޮޅު ވެއްޓުނަނުދީ ހިފެހެއްޓުމެވެ!"

ދަރިވަރުން މި ޖަވާބު ދިނުމުން، ޓީޗަރ އެހެން ސުވާލެއް ކުރެއްވިއެވެ.

"ދަރިވަރުންގެ ހިތުގެ ވިންދު އަވަސްވެ، ދަރިވަރުން ދާހިއްލަނީ ކީއްވެހެއްޔެވެ؟"

މި ސުވާލަށް ޖަވާބުދެމުން ދަރިވަރުން ބުންޏެވެ.

"ގޭގައި ހެދުމަށް ސަރ ދެއްވާ ފިލާވަޅުތަކުގެ ސަބަބުން ހިތުގެ ވިންދު އަވަސްވެއެވެ! ސަރ ކްލާހުގައި ކުރައްވާ ސުވާލުތަކުގެ ސަބަބުން ކަންބޮޑުވެ ދާހިއްލައެވެ!"