ލޯބިވުމުގެ ފުރުޞަތު ދެއްވާށެވެ!


މުދައްރިސަކު އޭނާގެ ދަރިވަރަކު ފިލާވަޅު ދަސްނުކުރާތީ، އެ ދަރިވަރުގެ ގައިގައި ކޮންމެ ދުވަހަކު ތަޅައި އަދަބުދެއެވެ. އެއް ދުވަހަކު އެ ދަރިވަރު މުދައްރިސަށް ނަންގަތެވެ.

"ކޮންމެ ދުވަހަކު މުދައްރިސު އަޅުގަނޑަށް އަދަބުދެއްވަނީ ކީއްވެތޯއެވެ؟"

މުދައްރިސު ބުނުއްވިއެވެ.

"އެއީ، ތިބާ ދެކެ، ތިމަންނާ ލޯބިވާތީއެވެ."

ދަރިވަރު ނަންގަތެވެ.

"އެހެންކަމަށްވަނީނަމަ، މުދައްރިސު ދެކެ ލޯބިވުމުގެ ފުރުޞަތު އަޅުގަނޑަށް ވެސް ދެއްވާށެވެ! އަޅުގަނޑު ދެކެ މުދައްރިސު ލޯބިވެލައްވާ ފަދައިން އަޅުގަނޑު ވެސް މުދައްރިސު ދެކެ ލޯބިވާން ބޭނުމެވެ!"