ފަނަރަ ޙިކުމަތް


1. ތިބާ ގުދު ނުވަނީސް އެއްވެސް މީހަކަށް ތިބާގެ ބުރަކަށި މައްޗަކަށް ނޭރޭނެއެވެ.

2. ފައިސާއަކީ، ވަރަށް ރަނގަޅު ޚާދިމެކެވެ. އެކަމަކު އެއީ ވަރަށް ނުބައި ސާހިބެކެވެ.

3. މަރުވެފައިވާ ސިންގާއަކާ ދިމާއަށް ވައްވައްޖަހާ ކުއްތާއަކީ، ހިތްވަރު ގަދަ ކުއްތާއެއް ނޫނެވެ.

4. ދުޝްމަނެއްގެ މައްޗަށް ގަދަކަން ލިބިއްޖެނަމަ، އެކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން، އޭނާއަށް މަޢާފުކުރާށެވެ.

5. ނިކަމެއްޗަކަށް އަނިޔާކުރާއިރު، އޭނާ ހިތްދަތިވާނެއެވެ. އެކަމަކު އަނިޔާވެރިޔަކަށް އިންޞާފު ޤާއިމުކުރާއިރު، އޭނާ މާބޮޑަށް ހިތްދަތިވާނެއެވެ.

6. ވިސްނާ ނުލައި ވާހަކަ ދެއްކުމަށްވުރެ، ވިސްނާ ފިކުރުކުރުމަށްޓަކައި ހަނުހުރުން މާ ރަނގަޅެވެ.

7. ބުއްދީގެ ތަރުޖަމާނަކީ، ދުލެވެ.

8. ހެޔޮކަމެއް ކޮށްދީފި މީހަކަށް ޝުކުރުވެރިވާށެވެ. ޝުކުރުވެރިވެއްޖެ މީހަކަށް ހެޔޮކަމެއް ކޮށްދޭށެވެ!

9. ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެއެވެ.

10. ރުޅިވެރިކަން އިސްކޮށްފިނަމަ، އަދަބުވެރިކަން ގެއްލޭނެއެވެ.

11. ނުބައި އޮޅިތައް ގިރާކުރާ މީހާގެ ބޮލުގައި ބަދުނާމުތައް އެޅޭނެއެވެ.

12. ސިއްރު ހިފެހެއްޓުމަކީ އަމާނާތެކެވެ.

13. ގޮފިތައް ތެދުކުރީމާ ސީދާވާނެއެވެ.

14. ބުމަޔަށްވުރެ މައްޗަށް ލޮލަކަށް ނޭރޭނެއެވެ.

15. ނުދަންނަ ކަންކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާށެވެ!