ސައްޔިދުލް އިސްތިޣުފާރް


ސައްޔިދުލް އިސްތިޣުފާރަކީ ވަރަށް މާތް ދުޢާއެކެވެ. މާތްﷲ ގެ ރުބޫބިއްޔަވަންތަކަމާއި އެއްކައުވަންތަކަމާއި ޚާލިޤުވަންތަކަމަށް ހެކިވުން، އެ ދުޢާގައި ވެއެވެ. އަދި އިންސާނާއަކީ އެކަލާނގެ ޙަޟުރަތަށް އަޅުކަންކުރަންޖެހޭ، އެކަލާނގެ އަޅެއް ކަމަށް އިޤުރާރުވެ، އެކަލާނގެ ހިއްޕަވާފައިވާ ޢަހުދުކަށަވަރާއި އެކަލާނގެ ވަޢުފުޅު ޤަބޫލުކުރުން މަތީ ދެމިހުރުމަށް އެއްބަސްވުން، އޭގައި ވެއެވެ. އެއަށްފަހު، އެކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކަށް އިޢުތިރާފުވެ، ތިމާއަށް ކުރެވިފައިވާ ކުށްތަކަށް ހެކިވެ، ފާފަ ފުއްސެވުމަށް އެދި ދުޢާކުރުން ވެސް އޭގައި ވެއެވެ.

ސުވަރުގޭގެ ދޮރުކޮޅުތަކާއި ނަރަކައިގެ ދޮރުތައް



"މަޝާރިޤުލް އަންޥާރި" ނަމަކަށް ކިއުނު ފޮތުގެ 178 ވަނަ ޞަފުޙާގައި ވެއެވެ. ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ގޮތުގައި، ސުވަރުގޭގައި އަށް ދޮރުކޮޅު ވެއެވެ. އޭގެ ތެރެއިން އެއް ދޮރުކޮޅަކީ، ރައްޔާން ދޮރުކޮޅެވެ. ރޯދަވެރިން ސުވަރުގެއަށް ވަންނާނީ އެ ދޮރުކޮޅުންނެވެ. އަދި ރިވާވެފައިވާ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. (مَنْ أَنْفَقَ زَوْجَيْنِ مِنْ مَالِهِ فِي سَبِيْلِ اللهِ دُعِيَ مِنْ أَبْوَابِ الجَنَّة، وَلِلْجَنَّةِ أَبْوَاب. فَمَن كَانَ مِنْ أَهْلِ الصَّلاَةِ دُعِيَ مِنْ بَابِ الصَّلاَةِ وَمَنْ كَانَ مِنْ أهْلِ الصِّيَامِ دُعِيَ مِنْ بَابِ الرَّيَّان، وَمَنْ كَانَ مِنْ أَهْلِ الصَّدَقَة دُعِيَ مِنْ بَابِ الصَّدَقَة وَمَنْ كَانَ مِنْ أَهْلِ الجِهَادِ دُعِيَ مِنْ بَابِ الجِهَادِ)

ސުވަރުގޭގެ ނަންފުޅުތައް


ސުވަރުގޭގެ ދޮރުކޮޅުތަކުގެ ޢަދަދަކީ، އަށެއްކަމަށް ދަލީލު ލިބޭ ޙަދީޘްފުޅުތައް ވެއެވެ.

ޠާޢަތާއި ނަމާދާއި ރޯދައާއި ޖިހާދާއި އެނޫން ހެޔޮކަންކަމުގެ ނަމުން ނަންދެއްވާފައިވާ ސުވަރުގޭގެ ދޮރުކޮޅުތައް ހިމެނޭ ޙަދީޘްފުޅުތަކެއް ބަޔާންކުރެއްވުމަށްފަހު، ޤުރުޠުބީ ވިދާޅުވެފައި ވެއެވެ. "މިއިން ދަލީލު ލިބޭ ގޮތުގައި، ސުވަރުގޭގެ ދޮރުކޮޅުތަކުގެ ޢަދަދު، އަށަކަށްވުރެ ގިނައެވެ. އެހެނީ، އެ ދޮރުކޮޅުތަކުގެ ޢަދަދު ތޭރައަށް އެބަ އަރައެވެ."

އިސްލާމީ ގެއަކީ އުފާވެރިކަމުގެ މަންޒިލެކެވެ.


މާތްﷲ ޥަޙީކުރައްވާފައި ވެއެވެ. وَاللَّهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا (އަންނަޙުލު: 80) މާނައީ، "އަދި ﷲ، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަން ކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ." އެހެންވީމާ، މުސްލިމުންގެ ގެދޮރު ވާންޖެހޭނީ، ހަމަޖެހިގެން ދިރިއުޅެވޭ ތަނެއް ކަމަށެވެ. އެތަނުގައި ދިރިއުޅޭއިރު އުފަލާއި އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ތަނެއް ކަމަށެވެ. ހީވާގިކަމާއެކު އެކިއެކި ވަޒީފާތައް އަދާކުރުމަށްފަހު، އެނބުރި އައިސް، އަމާންކަމާއެކު އަރާމުކުރުމުގެ ވަގުތުތައް ހޭދަކުރެވޭ ތަނެއް ކަމަށެވެ.

ވުޟޫކުރާ މެޝިން


ވުޟޫކުރާ މެޝިނަކީ، އޮސްޓްރޭލިއާގައި އީޖާދުކޮށް، މެލޭޝިއާގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ އެއްޗެކެވެ. މި މެޝިން އެކުލެވިގެންވަނީ، ތިން ބައިންނެވެ. ފުރަތަމަ ބައިން ދޮވެދެނީ، އަނގައާއި މޫނާއި ދެކަންފަތެވެ. ދެވަނަ ބައިން ދޮވެދެނީ، ދެއަތެވެ. ތިންވަނަ ބައިން ދޮވެދެނީ ދެފައިތިލައެވެ. މި ތިންބައި އެއްކޮށް، އެއް މެޝިނެއްގެ ގޮތުގައި އުފެއްދުމަށް، މި މެޝިން އީޖާދުކުރި ކުންފުނިން ވިސްނަމުން ގެންދެއެވެ. މި މެޝިން އުފައްދާ ކުންފުންޏަށް، މިހާތަނަށް 600 އޯޑަރު ލިބިފައިވާ ކަމަށް ވެއެވެ.

ފަނަރަ ޙިކުމަތް


1. ތިބާ ގުދު ނުވަނީސް އެއްވެސް މީހަކަށް ތިބާގެ ބުރަކަށި މައްޗަކަށް ނޭރޭނެއެވެ.

2. ފައިސާއަކީ، ވަރަށް ރަނގަޅު ޚާދިމެކެވެ. އެކަމަކު އެއީ ވަރަށް ނުބައި ސާހިބެކެވެ.

3. މަރުވެފައިވާ ސިންގާއަކާ ދިމާއަށް ވައްވައްޖަހާ ކުއްތާއަކީ، ހިތްވަރު ގަދަ ކުއްތާއެއް ނޫނެވެ.

މަސްބަހަ ޖާދޫ


ހިކަނދި މަސްބަހަ ކެއްކި ލިކުން،
މީދާ ހިތް މޮޅިވި ލިކުން،
ކައުޑެ ދެލޯ ކަނުވި ލިކުން،
ބޮއިގެހު ފަތް ވެރުން ލިކުން،
ދައިތާ ކިހިލޭ މުޅޯށި ހަރުވި ލިކުން،
.....
މަތީގައި އެވަނީ ހުވަދު އަތޮޅުގެ ސަގާފަތުގައި ހިމެނޭ ވާހަކައެއްގެ ތަންކޮޅެކެވެ. މިއީ، ނިދާ ގަޑީގައި ކުޑަކުދިންނަށް ކިޔާދޭ ވާހަކައެކެވެ. މަތީގައިވާ ގޮތަށް ވާހަކަ ކިޔާދެމުން ގެންދަނީ، ޝަރަޙަޔާ އެކުގައެވެ. މިއީ ވަރަށް ދިގު ވާހަކައެކެވެ. ތިރީގައި އެވަނީ މި ވާހަކައިގެ ކުރު ޚުލާޞާއެކެވެ.

ޒަމާނުގެ ބަހުން މީސްތަކުންނާ މުޚާޠަބުކުރުން



އަޅުގަނޑު ތަބާވި ޤަޥާޢިދުތަކުގެ ތެރެއިން އެއް ޤަޥާޢިދަކީ، މީސްތަކުންނާ، އެބައިމީހުންގެ ޒަމާނުގެ ބަހުން މުޚާޠަބުކުރުމެވެ. އެއީ އެބައިމީހުންނަށް ރަނގަޅަށް ފަހުމްވެ ދޭހަވާ ބަހެވެ. އެބައިމީހުންނަށް ނޭގޭ އުނދަގޫ ބަސްތަކާއި ޢާއްމުކޮށް ބޭނުންކޮށް ނޫޅޭ ބީރައްޓެހި ލަފުޒުތައް އަޅުގަނޑު އެއްކިބާކުރަމެވެ. އަޅުގަނޑު ބަލަނީ، ފަސޭހައިން ދޭހަވާ، އަދި ރަނގަޅު މާނަ އެކުލެވޭ ލަފުޒުތައް ބޭނުންކުރުމަށެވެ.

ޝޫރާ ތަންފީޛުކުރެވުނު ގޮތުގެ ބައެއް ނަމޫނާތައް


މިއީ، ލީބިޔާގެ އަލްޤިޔާދަތުއްޝަޢުބިއްޔާ އަލްއިސްލާމިއްޔާ އަލްޢާލަމިއްޔާ އިން، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި، 19 ނޮވެމްބަރ 2007 އިން 20 ނޮވެމްބަރ 2007 މ. އަށް ބޭއްވި ސެމިނާރ އަށް ހުށަހެޅުނު ކަރުދާހެކެވެ. މިކަރުދާހުގެ އަޞްލު، ޢަރަބި ބަހުން ތައްޔާރުކުރެއްވީ، އަލްއުސްތާޛާ ޠަލްސޫމާ އަޙުމަދެވެ. މި ކަރުދާހުގެ އަޞްލު ނަމަކީ، "އިސްލާމްދީނުގެ ކުރީކޮޅުގައި، ޝޫރާ ތަންފީޛުކުރެވުނު ގޮތުގެ ބައެއް ނަމޫނާތައް" އެވެ. މިކަރުދާސް ދިވެހިބަހަށް ތަރުޖަމާކޮށް އެ ސެމިނާރއަށް ހުށަހެޅުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި، ސެމިނާ އިންތިޒާމުކުރެއްވި ފަރާތްތަކަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.

ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު


އެމަނިކުފާނަކީ، ދިވެހިރާއްޖޭގެ ދެވަނަ ރައީސުލް ޖުމްހޫރިއްޔާއެވެ. އެމަނިކުފާނުގެ ރައީސްކަމުގެ ދައުރު ދެމިއޮތީ، 11 ނޮވެމްބަރ 1968 އިން 11 ނޮވެމްބަރ 1978 އަށެވެ. ތިރީގައި މިވަނީ، އެމަނިކުފާނާބެހޭ އެކިއެކި މަޢުލޫމާތެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ: 2 ސެޕްޓެމްބަރ 1926 މ.

ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ: ނޮވެމްބަރ 22 2008 މ. (82 އަހަރުގައި)

ސާދާގަރުގެ ހަތަރު އަނބިން


އެއް ޒަމާނެއްގައި ވަރަށް މުއްސަނދި ސާދާގަރަކު އުޅުނެވެ. އޭނާ އުޅުނީ ހަތަރު މީހުނާ އިނދެގެންނެވެ. އެއީ އޭނާއާ އެންމެ ކައިރިން މުޢާމަލާތްކުރާ އޭނާގެ "ޙަޔާތުގެ ހަތަރު ބައިވެރިންނެވެ." އޭގެ ތެރެއިން އޭނާ އެންމެ ލޯބިވަނީ، ހަތަރުވަނަ ބައިވެރިޔާ ދެކެއެވެ. ހިސާބެއް ކިތާބެއް ނެތި، އެ ބައިވެރިޔާ އަށް ރީތި ފޭރާމާއި އަގުބޮޑު ގަހަނާ ގަނެދެއެވެ. ހަމައެފަދައިން، މި ދުނިޔޭގައިވާ އެންމެހައި މީރު ކާނާއާއި ޝަރުބަތް، އޭގެ އަގާމެދު ވިސްނުމެއް ފިކުރެއް ނެތި ހޯދައިދެއެވެ. އަދި އެ ބައިވެރިޔާ ގޮވައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކޮށް އަގުބޮޑު ހޮޓާތަކުގައި ދުވަސްތައް ހޭދަކުރެއެވެ. ސާދާގަރު އެ ބައިވެރިޔާ އަށް ހުރިހައި ކަމެއް ކޮށްދެނީ ނުހަނު ލޯބިންނެވެ.

މި ސަހަރުގެ ފައިސާ


ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ.

ޙަކީމަކީ، ބޮޑު ޢާއިލާއެއް ބަލަހައްޓާ ފަޤީރެކެވެ. އޭނާގެ ސަހަރުގައި ހުރެ ކުރާ މަސައްކަތުން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހެއެވެ. މިހެންވެ، އެހެން ސަހަރަކަށް ގޮސް މަސައްކަތް ކުރުމަށް އޭނާ ގަސްތުކުރިއެވެ.

މުލްޙިދު ޙައިރާންކުރުވި ބޮއްކުރާ


ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ. މާތްﷲ އަށް އީމާން ނުވާ މުލްޙިދަކު، ޢިލްމުވެރިޔަކަށް ގޮންޖެހުމަށް ބޭނުންވިއެވެ. ދެން އެކަމަށްޓަކައި، އޭނާ އެ ޢިލްމުވެރިޔާއާ ބައްދަލުކޮށް މުނާޒަރާކުރާނެ ދުވަހަކާއި ވަގުތެއް ކަނޑައެޅުނެވެ. އެ ދުވަހުގެ އެ ވަގުތު އައިސް ޖެހުނުއިރު، އަޑުއަހަން އެއްވެ ތިބި މީހުން ވަނީ މުޅިތަން ފުރާލާފައެވެ. އެންމެން ތިބީ ޢިލްމުވެރިޔާ، ވަޑައިގަންނަވާނެ ހިނދުކޮޅެއްގެ އިންތިޒާރުގައެވެ. ނަމަވެސް، ގަޑިޖެހި ދިޔަ އިރުވެސް ޢިލްމުވެރިޔާގެ ޚަބަރެއް ނުވިއެވެ.

ޝާޢިރު ކިޔާ ތަރާނާ



1.
ލަޙުނެއް ކުޅެން ފެށީމޭ، އަހުރެން ގިޓާގެ ނަރުގައި،
ގަސްތުގަ އެކަން ކުޅައިމޭ، ނަމަވެސް ވި ސިއްރު އޭގައި.

2.
ކިހިނެއް މަށަށް އެނގޭނީ، ތިޔަ ހިތް އަދައި އެ ދާ ކަން،
އައްސޭރިތައް ހުރަސްކޮށް، ވައިރޯޅިޔާ އެކީގައި.

އަންހެނަކު ނުވާ ކަމުގައި ހެކިވަން



1.
އަންހެނަކު ނުވާކަމުގައި ހެކިވަން،
ތިޔަ ނޫނީ!
ރަނގަޅަށް ގޭމު ކުޅެން އެނގިފައިވީ،
ކުޑަ ކުއްޖަކު ގެންގުޅެފައިވީ،
ޢަޤުދެއް ވަންދެން ފާއިތުވީ.
ނިޔަފަތި ކުރުކޮށްދިން،
ފޮތްތައް ގެންގުޅެދިން،
މީހަކު ނެތް ނާސަރީއަށް ގެންގޮސްދިން،
ތިޔަ ނޫނީ!

ހަވީރު



1.
ބިރުގަނެ ކަތަކު، ދުވެދާ ފަދައިން އެދަނީ ވިލާތައް އުދުހެމުން،
އިރު ފެންނަނީ، މޯޅިވެ މިލައި ރީނދޫވެދާތަން މާ ދުރުން،
އަދި ކަނޑު އޮތީ، ޚަލްވަތުގަވާ ޒާހިދަކުހެން މާމަޑުމަޑުން،
ނަމަވެސް ތިބާގެ ދެލޯވަނީ، މާދުރުގަވާ އުފުޤުގަ ކަމުން!
ސަލްމާ އެތާ ވިސްނަން އިނީ ފަހެ، ކޮންކަމަކު؟
ސަލްމާ ދެކޭ ހުވަފެން ވަނީ ފަހެ، ކޮންތަނަކު؟

ދަރިފުޅަށް ކީ ނަން


ކެމިސްޓްރީގެ ދާއިރާގައި މަސައްކަތްކުރާ ދަރިކޮޅަކަށް ނިސްބަތްވެލައްވާ ޓީޗަރަކަށް ލިބިލެއްވި ދަރިފުޅަށް، ކެމިސްޓްރީގެ ގިންތީގައި ހިމެނޭ ނަންނަމުން ނަން ދެއްވަން ޤަޞްދުކުރެއްވިއެވެ.

އަންހެން ފޭލިގޭގައި ނިދި މީހާ


ޢަރަބީންގެ ރަށްފުށުގެ ޢައުރާބިއްޔަ ފިރިހެނަކު ޙައްޖަށް ދިޔައެވެ. އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނީ، އަންހެނުން ތިބެން ހަދާފައިވާ ފޭލިގެއެއްގެ ތެރޭގައި ނިދާފައި އޮއްވައެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އެ މައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ސުވާލުކުރިއެވެ.

ބުޅާ މަރުވި ގޮތް


އެއްދުވަހަކު ދެ ކުއްޖަކު ހިނގާފައި ދަނިކޮށް މަގުމަތިން ކުޑަ ބުޅަލެއް ފެނުނެވެ. އެއިން އެއްކުއްޖަކު ބުންޏެވެ.

"މިއީ ވަރަށް ރީތި ބުޅަލެކެވެ. އަހަރެން މި ބުޅާ ގެޔަށް ގެންގޮސްގެން މިސޮރަށް ކާންދީ ބަލަހައްޓާނަމެވެ."

ވައްކަންކުރީ މަގޭ އަތަކުން ނޫންތާއެވެ!


އެމެރިކާއަށް ދިޔަ ފަތުރުވެރިއެކެވެ. އޭނާ ފޭބި ހޮޓަލުން ކޮޓަރިއެއް ނުލިބުމުން، އެ ހޮޓަލުގެ ބަގީޗާގެ ގަހެއްގެ ދަށުގައި އޮށޯވެގެންއޮވެ ނިދާލިއެވެ. އެ ތާނގައި އޭނާ ނިދާފައި އޮއްވާ ވަގުންގެ ބަޔަކު އޭނާގެ ދަބަހުގައިވާ ފައިސާ ކޮޅު ވަގަށްނެގިއެވެ. އަދި އޭނާއަށް އިތުރު ޖެއްސުމެއް ކޮށްލުމުގެ ގޮތުން އޭނާގެ ބޯ ބޭލުމަށްފަހު، އެމީހުން ހިނގައްޖެއެވެ.

ފެންތާނގީއަށް ވެއްޓުނު އެކުވެރިޔާ


ދެ އެކުވެރިއަކު ފުރާޅެއްގެ މައްޗަށް އަރައި ތިއްބައި، އެކަކު ފެންތާނގީއެއްގެ ތެރެއަށް ވެއްޓުނެވެ. ދެން އަނެކަކު ފުރާޅު މަތިން ފައިބައިގެން ގޮސް، ފެންތާނގީގެ އިސްކުރު ދޫކޮށްގެން ހުއްޓާ މީހަކަށް ފެނިގެން އެއްސެވެ.ލިޔުން