ފެންތާނގީއަށް ވެއްޓުނު އެކުވެރިޔާ


ދެ އެކުވެރިއަކު ފުރާޅެއްގެ މައްޗަށް އަރައި ތިއްބައި، އެކަކު ފެންތާނގީއެއްގެ ތެރެއަށް ވެއްޓުނެވެ. ދެން އަނެކަކު ފުރާޅު މަތިން ފައިބައިގެން ގޮސް، ފެންތާނގީގެ އިސްކުރު ދޫކޮށްގެން ހުއްޓާ މީހަކަށް ފެނިގެން އެއްސެވެ.

"ފެންތާނގީގެ އިސްކުރު ދޫކޮށްގެން ތިހެން ހުންނާނީ ކިހާ އިރެއް ވަންދެން ހެއްޔެވެ؟"

އޭނާ ޖަވާބުދިނެވެ.

"މި ތާނގީ ތެރެއަށް ވެއްޓުނު މަގޭ ޕާޓޭ މި އިސްކުރުން ފައިބަންދެން މިކަން ކުރަން އެބަޖެހެއެވެ!"