ވައްކަންކުރީ މަގޭ އަތަކުން ނޫންތާއެވެ!


އެމެރިކާއަށް ދިޔަ ފަތުރުވެރިއެކެވެ. އޭނާ ފޭބި ހޮޓަލުން ކޮޓަރިއެއް ނުލިބުމުން، އެ ހޮޓަލުގެ ބަގީޗާގެ ގަހެއްގެ ދަށުގައި އޮށޯވެގެންއޮވެ ނިދާލިއެވެ. އެ ތާނގައި އޭނާ ނިދާފައި އޮއްވާ ވަގުންގެ ބަޔަކު އޭނާގެ ދަބަހުގައިވާ ފައިސާ ކޮޅު ވަގަށްނެގިއެވެ. އަދި އޭނާއަށް އިތުރު ޖެއްސުމެއް ކޮށްލުމުގެ ގޮތުން އޭނާގެ ބޯ ބޭލުމަށްފަހު، އެމީހުން ހިނގައްޖެއެވެ.

އިރުގަނޑެއްގެ ފަހުން، ދަތުރުވެރިޔާއަށް ހޭލެވިގެން ބެލިއިރު، އޭނާގެ ދަބަހުގައިވާ ފައިސާކޮޅު ނެތްކަން އެނގުނެވެ. އެކަމާމެދު އޭނާ ވަރަށް ބޮޑަށް ދެރަވިއެވެ. ދެން ދެއަތުން ބޮލުގައި ތަލައި ރޯންކަމަށް ހިތައި ބޮލުގައި އަތްލިއިރު، ބޮލަކު އިސްތަށްޓެއް ނެތެވެ. އެހިނދު އޭނާ ވަރަށް ބޮޑަށް އުފާވިއެވެ! އޭނާއަށް އަތްލެވުނީ އެހެން މީހެއްގެ ބޮލުގައި ކަމަށް ވީތީއެވެ! އެހިނދު އޭނާގެ ހިތަށްއެރިއެވެ.

"ވަގުން ވައްކަންކުރީ މަގޭ އަތަކުން ނޫންތާއެވެ! މަގޭ ބޮލުގައި އިސްތަށި ހުންނާނެތާއެވެ!"