އަންހެން ފޭލިގޭގައި ނިދި މީހާ


ޢަރަބީންގެ ރަށްފުށުގެ ޢައުރާބިއްޔަ ފިރިހެނަކު ޙައްޖަށް ދިޔައެވެ. އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނީ، އަންހެނުން ތިބެން ހަދާފައިވާ ފޭލިގެއެއްގެ ތެރޭގައި ނިދާފައި އޮއްވައެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އެ މައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ސުވާލުކުރިއެވެ.

"ތިބާ އަންހެނުންނަށް ޚާއްޞަ ފޭލިގެއަކަށް ވަދެ ނިދާފައި އޮތީ ކީއްވެހެއްޔެވެ؟"

އޭނާ ޖަވާބުދެމުން ބުންޏެވެ.

"މި މޫސުމުގައި ތިމަންނަގެ ޙައްޖު ފުރިހަމަވާނީ، އަންހެނުންނަށް ޚާއްޞަ ފޭލިގެއްގައި އުޅެގެން ކަމަށްވާތީއެވެ. މިފަހަރު ޙައްޖަށް މިއައީ، މަންމައަށްޓަކައި ޙައްޖެއް އަދާކުރެވޭތޯއެވެ."