ދަރިފުޅަށް ކީ ނަން


ކެމިސްޓްރީގެ ދާއިރާގައި މަސައްކަތްކުރާ ދަރިކޮޅަކަށް ނިސްބަތްވެލައްވާ ޓީޗަރަކަށް ލިބިލެއްވި ދަރިފުޅަށް، ކެމިސްޓްރީގެ ގިންތީގައި ހިމެނޭ ނަންނަމުން ނަން ދެއްވަން ޤަޞްދުކުރެއްވިއެވެ. އޭނާގެ ބައްޕައާއި، ކާފައަކީ ވެސް އެ ދާއިރާގައި ނަންހިނގާ ޓީޗަރުން ކަމުގައި ވީތީއެވެ. އެކަމަށްޓަކައި އެތައް ފޮތެއް ދިރާސާކުރެއްވުމަށްފަހު ނަމެއް ހޯއްދެވިއެވެ. އެނަމަކީ، "ޙަސަން ކާބަން ޑައި އޮކްސައިޑް" އެވެ.