ޝާޢިރު ކިޔާ ތަރާނާ



1.
ލަޙުނެއް ކުޅެން ފެށީމޭ، އަހުރެން ގިޓާގެ ނަރުގައި،
ގަސްތުގަ އެކަން ކުޅައިމޭ، ނަމަވެސް ވި ސިއްރު އޭގައި.

2.
ކިހިނެއް މަށަށް އެނގޭނީ، ތިޔަ ހިތް އަދައި އެ ދާ ކަން،
އައްސޭރިތައް ހުރަސްކޮށް، ވައިރޯޅިޔާ އެކީގައި.

3.
ގާތަށް ތިބާ އައީމާ، އަހުރެން ކިޔާ ތަރާނާ،
ނެށުމަށް އަލުން ފަށާނޭ، ހިނގުމުގެ އަޑާ އެކީގައި.

4.
އެކުވެރިކަމުން ހިތަށް ދޭ، ހަންހާރަވެތި އުފާ، ދޭ،
ކަންކޮޅުތަކަށް މި ޢާލަމް، މަތިވެރި ކަމާއެކީގައި.

5.
ދަހުރުން ދުވަސް ހިނގާނޭ، ގުލްޒާރުގައި ދަރީންނޭ!
މާތައް އައިސް ފޮޅޭނޭ، މޫސުމްތަކާ އެކީގައި.

6.
ބަސްތައް ނިކަން ލަޠީފީ، ޝާޢިރު ކިޔާ ތަރާނާ،
ޤުރުބާން ޤަބޫލުކޮށްލަން، އަތް ދިއްކުރީ މިތާނގައި.

7.
ފެންނަން މިވާ ތަކެއްޗެއް، ކައުނުގެ ތެރޭ ފަޒާގައި،
ފެންނަން ނުވާ ތަކެއްޗާ، ކުޅެނީ އެކީގަ ފީކޮއި!!!


ނޯޓް: މިއީ، ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޮލޮޖީގައި އާކިޓެކްޗަރ ކޯހުގެ ހަތަރުވަނަ ބުރު ފުރިހަމަކުރި ދަރިވަރުން، 2 ޖުލައި 2009 ގައި ބޭއްވި މައުރަޒުގެ މުނާސަބަތުގައި ތަރުޖަމާކުރި ޅެމެކެވެ. މި ޅެން ފުރަތަމަ ލިޔުނީ، މިދެންނެވި މައުރަޒުގެ މެހުމާނުން ލިޔާ ފޮތުގައެވެ.