އެހެނިހެން: އެހެނިހެން

 
 
 

"ޤައުލުހުލް ޙައްޤު، ވަ ލަހުލް މުލްކު" ގެ ބޮޑު އިސްތިރި

 

ޚަލީފާ ހާރޫނުއްރަޝީދުގެ ޖާރިޔާއިންގެ ތެރެއިން އެއް ޖާރިޔާ އަކީ، ޚާލިޞާ އެވެ. އެކަމަނާ އަކީ، ސިފަ ހުތުރު، ކަޅު އަންހެނެކެވެ. އެހެނަސް ޚަލީފާ އެންމެ ލޯބިފުޅުވީ އެކަމަނާ ދެކެ ކަމަށް ބުނެވެ އެވެ. އެކަމަނާ އަވަހާރަވުމުން އެކަމަނާގެ ޚިދުމަތުގައި އުޅުނު އަޅުންގެ ތެރެއިން މުސްކުޅި އަޅު އަންހެނަކު، އެކަމަނާގެ އިސްތަށިގަނޑު ސާފުކުރިއިރު، ތަވީދެއް ފެނުނެވެ. ދެން އެ މުސްކުޅި އަޅު އަންހެނާ، އެ ތަވީދު ނަގައިގެން އޭނާގެ ބޮލުގައި އެޅި އެވެ.

މިކަން ހިނގިތާ ކުޑަ އިރުކޮޅެއް ފަހުން، ޚާލިޞާގެ ހަށިގަނޑު އޮތް ކޮޓަރިއަށް ޚަލީފާ ހާރޫނުއްރަޝީދު ވަޑައިގެން، ޚާލިޞާގެ މޫނަށް ބައްލަވައިލެއްވި އެވެ. އެހިނދު، ޚާލިޞާގެ ސިފަ ހުތުރުކަން ފެނިވަޑައިގެން އެމަނިކުފާނުގެ ހިތްޕުޅުގައި، ނަފުރަތު އުފެދުނެވެ. ދެން އެމަނިކުފާނު އެ ކޮޓަރިން ނިކުމެވަޑައިގަތުމަށްޓަކައި އެނބުރިވަޑައިގެންނެވި ވަގުތު، އެއްކަލަ ތަވީދު އަޅައިގެން އިން މުސްކުޅި އަޅު އަންހެނާ ފެނިވަޑައިގަތެވެ. އެހިނދު، އެކަނބުލޭގެ މައްޗަށް ޚަލީފާގެ ހިތްޕުޅުގައި ޢިޝްޤީ ލޯބި އުފެދުނެވެ. ދެން އެކަނބުލޭގެއާ ފިކުރާވާކަން ޚަލީފާ ހާމަކުރެއްވި އެވެ. މިކަމާމެދު އެކަނބުލޭގެ ވަރަށް ބޮޑަށް އަންތަރީސްވެ، ހައިރާންވި އެވެ. އަދި އެކަނބުލޭގެ އަކީ، ޚަލީފާ އާ ކުފޫ ހަމަވާ ވަރަށްވުރެ މާ ދަށު ދަރަޖައިގެ އަންހެނެއް ކަމަށް ވެސް ދެންނެވި އެވެ. ނަމަވެސް ހަމަ އެދުވަހު، ޚަލީފާ ހާރޫނުއްރަޝީދު އެކަނބުލޭގެ އާ ކާވެނި ބައްލަވައިގަތެވެ. އެކަމުގެ ސިއްރަކީ، ޚާލިޞާގެ ބޮލުން ނަގައިގެން އެކަނބުލޭގެ ބޮލުގައި އެޅި، "ޤައުލުހުލް ޙައްޤު، ވަ ލަހުލް މުލްކު" ގެ ބޮޑު އިސްތިރި ކަމަށް ބުނެވެ އެވެ.

ތިރީގައި މިވަނީ، "ޤައުލުހުލް ޙައްޤު، ވަ ލަހުލް މުލްކު" ގެ ބޮޑު އިސްތިރި އެވެ. ލޯބި ޙާޞިލުކުރުމަށްޓަކައި މި އިސްތިރި ހަދާއިރު، ޤިބުލައަށް ކުރިމަތިލައިގެން އިނދެ، ސާޅީސް ފަހަރު ކިޔަވަންޖެހޭ އާޔަތްތަކަކާއި، އިސްމުތަކެއް ވެ އެވެ. އެއީ، މެދުގައިވާ އަކައިގެ ވަށައިގެން ލިޔަންޖެހޭ އިސްމުތަކާއި އާޔަތްތަކެވެ. އަދި މި އިސްތިރި ތަވީދުކޮށް އެޅުމުގެ ކުރިން ކިޔަންޖެހޭ ޚާއްޞަ ދުޢާއެއް ވެސް ވެ އެވެ. މީގެ އިތުރުން މި އިސްތިރީގެ މަންފާ ޙާޞިލުވަންދެން ކޮންމެ ހުކުރު ދުވަހަކު، ވަސްމީރު އެއްޗަކުން ދުން އަޅަން ވެސް ޖެހެ އެވެ. ރޫޙާނީ ފޮތްތައް ބުނާ ގޮތުގައި މި އިސްތިރި އަކީ، ތިމާ ހިތާވާ މީހެއްގެ ލޯބި ޙާޞިލުކޮށްދޭ މުޖައްރިބު އިސްތިރިއެކެވެ.
 

 

 

 

 

 

 

މުޞަންނިފު:

ބަޙުރު

އިޞްދާރީ މަޢުލޫމާތު:

އެހެނިހެން: އެހެނިހެން | 12 ޖޫން 2013 މ. 3 ޝަޢުބާން 1434 ހ. ބުދަ | 1428

މަޞްދަރު:

الروحانيات الكبيرة

ފޮޓޯގެ މަޞްދަރު:

الروحانيات الكبيرة

http://www.manhalonline.com/images/wfqmormbjam.jpg

ވީޑިއޯގެ މަޞްދަރު:

-

އިތުރު ބަޔާން:

-

 

 

މައި ޞަފުޙާ
ތަޢާރުފު
ބަޙުރުގެ ހަމަތައް
ގުޅުއްވުމަށް
އަކުރު (ފޮންޓް)
 
ފޮތް އަލަމާރި
ނަންފޮތް
ތާރީޚު ފިލާ
މެމްބަރުންގެ ވެށި
 
ކަލަންޑަރު